ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޑައިނަމޯ ކީވް އާއި ދެކޮޅަށް ކުޅުުނު މެޗު އިޓަލީގެ ޗެމްޕިއަންސް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑައިނަމޯ ކީވްގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދީ 0-2 ގެ ނަތީޖާއިންނެވެ.
ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެ ނިމުނު ނަމަވެސް މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ފަހުހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ޔުވެންޓަސްއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު46 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
ޔުވެންޓަސްއިން މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 84 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާގެ ލަނޑުނެވެ. މިއީ ދާދި ފަހުން ޔުވެންތަސްއާއި ގުޅުނު ފޯވާޑް އެޓީމަށް ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑެެވެ.
ގްރޫޕް ސްޓޭޖުގައި ދެން ކުޅެން ޖެހޭ މެޗުގައި ޔުވެންޓަސް ނިކުންނާނީ ސްޕެއިންގެ ބާސެލޯނާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް