ވ. ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ58 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ50 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ރަކީދޫގައި 5646 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 164 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހާނެ އެވެ. އެމްޓީސީސީން ބުނީ ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓިސީސީ އާއި ހަވާލުކޮށްފައިވަނީ18.5 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް