ޓުޓިކޮރިން ބަނދަރުން ރާއްޖެ ދަތުރުކުރި ބޯޓެއް ކަނޑުވެފައިވަނިކޮށް ސަލާމަތް ކޮށްފި

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މުދާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަމުންދިޔަ ކުޑަ ބޯޓެއް ކަނޑުވެފައިވަނިކޮށް ސްރީލަންކާގެ މަސްވެރިންތަކަކަށް ފެނިގެން ސަލާމަތް ކޮށްފި އެވެ. މި ބޯޓުގައި ހަތް މީހަކު ތިބި ...

21 Oct 2017 | 13:23

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މުދާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަމުންދިޔަ ކުޑަ ބޯޓެއް ކަނޑުވެފައިވަނިކޮށް ސްރީލަންކާގެ މަސްވެރިންތަކަކަށް ފެނިގެން ސަލާމަތް ކޮށްފި އެވެ.

މި ބޯޓުގައި ހަތް މީހަކު ތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާއިރު މި ބޯޓަކީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވުމުން ހޯދަމުންދިޔަ ބޯޓެކެވެ.

މި ބޯޓުގައި ހުރިކަމަށްވަނީ 50 ޓަނު ގަސްކާނާ އާއި 17 ޓަނު ތަރުކާރީ އެވެ. މި ބޯޓުގައި ތިބި ހަތް މީހުން ސަލާމަތް ކޮށްފައިވާއިރު މި ބޯޓާއި ބޯޓުގައި ތިބި މީހުން ސްރީލަންކާއަށް ގެނައުމަށް ސްރީ ލަންކާގެ ނޭވީ ވެސެލް އެއް ދަތުރު ފަށާފައިވާކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެ އެވެ.

ސްރީ ލަންކާގެ މަސްވެރިން ތަކަކަށް މި ބޯޓު ފެނިފައިވަނީ ލަންކާއާއި 65 މޭލު ދުރުން އިއްޔެގެ ވަގުތެއްގައި ކަމަށާއި މި ބޯޓު ހޯދުމަށް ދިވެހި ސިފައިންގެ އެހީތެރި ކަމަށް އިންޑިއާއިން އެދިފައިވާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް