ގަމުގައި ހިންގި މާރާމާރީއާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލ ގަމުގައި ކުޑަކުއްޖަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންވެސް ހައްޔަރ...

21 Oct 2017 | 06:08

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލ ގަމުގައި ކުޑަކުއްޖަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ އިއްޔެގެ އެކި ވަގުތުތަކުގަ އެވެ. އަދި މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް މައުލޫމާތު ލިބިފައި ވެ އެވެ.

މި ތިން މީހުން ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާކަން ކަށަވަރުވެފައިވާއިރު ފުލުހުންގެ މީޑިއާ އޮފިސަރު ފޯނު ނުނަންގަވާތީ މި މީހުންނަށް ޖަހާފައިވަނީ ކިހާ މުއްދަތަކެއްކަން ކަށަވަރު ވާގޮތް ވަނީ ނުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޒަހަމް ކޮށްލާފައިވަނި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ހަމަލާ ދީފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. އެމީހުން އެ ކުއްޖާއަށް ކަތިވަޅިން ގިނަ ހަމަލާތަކެއް ދީފައިވާއިރު މޫނަށްވެސް ހަމަލާ ދީފައި ވެ އެވެ. އެ ކުއްޖާއަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް