'ތައްޔާރު' ޖަލްސާގެ ތައްޔާރީތަކަށް ރައީސްގެ ފާޑުވިދާޅުވުން

'ތައްޔާރު' ނަމުގައި ބޭއްވި ޖަލްސާގެ ތައްޔާރީތަކާއި ދޭތެރޭ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ޖަލްސާގަ...

21 Oct 2017 | 05:36

'ތައްޔާރު' ނަމުގައި ބޭއްވި ޖަލްސާގެ ތައްޔާރީތަކާއި ދޭތެރޭ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޖަލްސާ ހިނަގަމުންދަނީ  ރޭވިގޮތާއި ތަފާތުކޮށް ކަމަށެވެ. އެ ޖަލްސާގައި ވީޑިއޯތަކެއް ދައްކަން ހަމަޖެހިފައި އޮންނަމަވެސް ކުއްލިއަކަށް މިރޭ ދެއްކޭ ގޮތް ނުވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" މިއަދު ހަވީރާ ޖެހެންދެން ވެސް މި ވީޑިއޯގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އޮވެފައި ކުއްލިއަކަށް މިރޭ ދެއްކޭ ގޮތް ނުވީ. އެއީ ވަރަށް ދެރަކަމެއް" ރައީސް ޔާމިން ވިދާޅިއެވެ. އެ ވީޑޯއޯތަކުގައި، މިހާރު ސަރުކާރަށް ފާޑުކިޔާ ބޭފުޅުން އޭރު ކަންކަމާއި ހަވާލުވެތިއްބެވި އިރު ކަންތައް ކުރި ގޮތް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވީޑިއޯތައް ތައްޔާރުކުރުމުގައި ބަލާފައި ވަނީ " އެންމެ ބޮޑަށް ބަދުނާމުވެ އަދި ބަދުނާމުގެ އިނގިލިތައް ދިއްކުރަމުންދާ މައުޟޫތައް" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެ މައުޟޫއު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް 'ގުޅަކުޅޭ ފަސްގަނޑަކަށް ބަދަލުވީ މިސަރުކާރުގަތޯ" އާއި މުއައްސަސާތަކުގެ އަގުވައްޓާލަން އެމްޑީޕީ ސަރުކާރުން ކޮށްފައި ހުރި މަސައްކްތައް ހިމެނޭ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް ފަހު ވީޑިއޯ އެއް ދައްކާފައިވީނަމަވެސް އެ ވީޑިއޯތަކަކީ ސީދާ ރައީސް ޔާމިން އިޝާރަތްކުރައްވާ ވީޑިއޯކަމެއް ސާފެއް ނުވެއެވެ. އެ ވީޑިއޯ ގައި ދައްކާފައި ވަނީ އެފްޕީއައިޑީގެ ކޮރަޕްޝަންގެ މައްސަލައާއި ރައީސް ނަޝީދު ބޮޑުބެރުލަވައަކަށް ޑާންސްކުރާ މަންޒަރާއި އެމްޑީޕީ ސަރުކާރުން ހިންގިކަމަށް ތުހުމަތުކުރާ ބައެއް ކޮރަޕްޝަންގެ ވާހަކަ ތަކެވެ.

ރައީސް ޔާމިން ވިދާޅުވީ، " މިރޭ އުފާވެރި ފިޔަވަޅެއްގެ މަތީގަ ހުއްޓި ހުންނަ އިރުވެސް އަޅުގަނޑުގެ ހިތައް ކޮންމެ ވެސް ވަރެއްގެ އުދަގޫތަކެއް"ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް