އަނަސްގެ ހިޔާލު: ހިލޭ ދަތުރުތަކަށް ލިބުނު ތާއީދު، ލާރި ނަގަން ފެށުމުން ލިބިދާނެބާ !؟

ލ ފޮނަދޫން، އަހުމަދު އަނަސް:- މިމަހުގެ 13 ވަނަ ދަވަހު  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ވަނީ ހައްދުއްމަތީގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ދަތުރުތަށް ފަށާފައެވެ. ބަސްދަތުރުތައް ފެއްޓުމުގެ ރ...

21 Oct 2017 | 05:14

ލ ފޮނަދޫން، އަހުމަދު އަނަސް:-

މިމަހުގެ 13 ވަނަ ދަވަހު  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ވަނީ ހައްދުއްމަތީގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ދަތުރުތަށް ފަށާފައެވެ. ބަސްދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޕީ.އެލް ގެ ސީއީއޯ ވަނީ ގަން ފޮނަދޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެއީ މިމަހުގެ ވިހިވަނަ ދުވަހާއި ހަމައަށް ބަސްދަތުރު ތަޖުރިބާ ކޮށްލުމަށް ބަސްތަކުގައި ކޮންމެ މީހަކަށްވެސް ބޭނުންވަރަކަށް ހިލޭ ދަތުރުކުރެވޭނެ ކަމުގެ އުފާވެރި ހަބަރެވެ.

އެމްޕީއެލް ބަސްތަކުގެ ހިލޭ ދަތުރުތަކަށް ގަމާއި ފޮނަދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އެގޮތުން ބަސްދަތުރު އޮންނަ ކޮންމެ ގަޑިޔަކުމެ ފޮނަދޫގައި ބަސްމަޑުކުރާ ހަތަރު ސަރަހައްދާއި ގަމުގައި ބަސްމަޑުކުރާ ހަތަރު ސަރަހައްދަށް ގިނަބަޔަކު ޖަމާވެ ބަހުގެ ބޭނުންކުރަމުން ދިޔަ އެވެ. ވަކިބޭނުމެއްނެތި ބަހުގައި "ފިނިބުރު" ޖަހާލަންދާ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. މިގޮތުން ހެނދުނުގެ ވަގުތުތަކާއި، ޙާއްޞަކޮށް ހަވީރު ވަގުތުގައި ބަސްތައް ފުރި އެތަށްބަޔަކަށް ބަހަށްނޭރެވި ތިބެންވެސް ޖެހެއެވެ. ބަހަށް އެރެވެނީ ހަމައެކަނި ތަނުގައިތިބޭ "ގަދަމީހުން" ނަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހިލޭ ދަތުރުތަށް ނިމި މާދަމާއިން ފެށިގެން ބަސް ދަތުރުތަކަށް ލާރި ނަގަންފަށާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެގޮތުން ފޮނަދޫއިން ގަމަށް ނުވަތަ ގަމުން ފޮނަދުއަށް 25 ރުފިޔާ، ގަމުން ކައްދުއަށް ނުވަތަ މާންދުއަށް 20 ރުފިޔާ، ފޮނަދޫއިން ކައްދުއަށް ނުވަތަ މާންދުއަށް 15 ރުފިޔާ އަދި ރަށުތެރޭގެ ކޮންމެ ދަތުރަކަށް 10 ރުފިޔާ ފަދަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެމްޕީއެލްގެ "ފިނިކުރި" ބަސްތަކަކުގެ ހިލޭ ދަތުރުތަކަށް އެހާބޮޑު ތަރުހީބެއް ލިބުނުއިރު އުފެދޭ ސުވާލަކީ، ދަތުރު ތަކަށް ކުރިން ތާއީދު ލިބުނުވަރަށް މިއަދުން ފެށިގެންވެސް ބަސްތަކަށް ތަރުހީބު ލިބޭނެބާއެވެ؟ ނޫނީ ކުރިން ފުރިފައި ހުއްޓާ ފެނުނު ބަސްތަށް ދެން ފެންނާނީ ހުސްކޮށްބާއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް