ޝައިހް އަހްމަދު ބިން ރާޝިދު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމްގެ އެއްބަނޑު އެއްބަފާ ޝައިހް އަހްމަދު ބިން ރާޝިދު އާލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައ...

21 Sep 2026 | 12:45
N/A

N/A

ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމްގެ އެއްބަނޑު އެއްބަފާ ޝައިހް އަހްމަދު ބިން ރާޝިދު އާލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް މުހައްމަދު ބިން ރާޝިދަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވައި އަވަހާރަވި ޝައިހް އަހްމަދަށް މާތް ﷲ ގެ ފުއްސެވުމާއި ރަހްމަތް ލައްވައި ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުމަށް ދުއާ ދެންނެވި ކަމަށެވެ.

މީގެ އިތުރުން މި ހިތާމައިގެ ވަގުތުގައި ޝައިހް މުހައްމަދާއި އެ އާއިލާއަށް އަދި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދިވެހި ސަރުކާރާއި ރައްޔިތުން ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މި ތައުޒިޔާ ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް