ނާޑު ކުންފުންޏާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރުތައް ގެނެސްފި

ނާޑު ކުންފުންޏާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރުތައް ގެނެސްފިއެވެ. އެ ކުންފުނިން ބުނީ އެ ކުންފުންޏާ ޙަވާލުކުރި 20 ވެންޓިލޭޓަރު ގެންނަން ކަމަށެވެ. މާރޗް 8 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ވެންޓިލޭޓ...

21 Sep 2020 | 17:48

ނާޑު ކުންފުންޏާ ހަވާލުކުރި ހުރިހާ ވެންޓިލޭޓަރުތައް ގެނެސްފިއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުންޏާ ޙަވާލުކުރި 20 ވެންޓިލޭޓަރު ގެންނަން ކަމަށެވެ.

މާރޗް 8 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ވެންޓިލޭޓަރުތައް 14 ދުވަހުގެ ތެރޭގައި ގެނެސް ސަރުކާރާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

އެ ވެންޓިލޭޓަރުތައް ގެނައީ ޖަރުމަނުން ކަމަށާއި މި ތަކެތި ގެނައީ ގަތަރު އެއަރވޭސް އިން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

" އެ ވެންޓިލޭޓަރުތައް ގަތީ އެތަކެތި އުފެއްދި ކުންފުނިން. އެތަކެތި އިންސްޓޯލްކޮށް ޓްރެއިނިންގ ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަނީ" ނާޑު ކުންފުނިން ބުންޏެވެ.

އެ ވެންޓިލޭޓަރުތައް ގަތުމަށް ސޮއިކުރީ ހަތް މިލިއަން ރުފިޔާގެ ދެ އެއްބަސްވުމެއްގައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ލަސްތަކެއްވީ ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދަން ހުރި ދަތިތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް