ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ 46 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ޕޮސިޓިވްވީ މާލެއިން 44 މީހުންނާއި އަތޮޅު ތެރެއިން ދެ މީހުންނެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 15 ބިިދޭސީންނެވެ.
ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 1،340 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 96 މީހުންނަށެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 8،390 މީހުން ވަނީ ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 9،770 މީހުންނެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1308089709311258624
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް