ރެސްޓޯރެންޓް އެސޯސިއޭޝަންގެ ޚާއްސަ ޖަލްސާއެއް ބާއްވައިފި

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން މިއަދު ވަނީ އާންމު މެމްބަރުންގެ ޚާއްޞަ ޖަލްސާއެއް ޔޫތް ސެންޓަރގައި ބާއްވައިފި އެވެ. އެޗްޕީއޭގެ އެއްވެއުޅުމުގެ މިންގަނޑުގެ ތެރެއިން ބޭއްވުނު މި ޖަލ...

21 Sep 2020 | 15:37

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން މިއަދު ވަނީ އާންމު މެމްބަރުންގެ ޚާއްޞަ ޖަލްސާއެއް ޔޫތް ސެންޓަރގައި ބާއްވައިފި އެވެ.

އެޗްޕީއޭގެ އެއްވެއުޅުމުގެ މިންގަނޑުގެ ތެރެއިން ބޭއްވުނު މި ޖަލްސާގައި އަސާސީ ޤަވައިދު އިސްލާޙުކޮށް ފާސްކުރުމާއި ކޯވިޑްއާ ގުޅިގެން ފަސްކުރެވިފައިވާ ރޭމްގެ އިންތިޚާބީ ޖަލްސާ 1 އޮކްޓޫބަރ ގައި އޮންނާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

މިބައްދަލުވުމުގައި އެޖެންޑާ ކުރެވުނު އިސްލާހުތަކާއެކު ހާޟިރުވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާޤުން ވަނީ އަސާސީ ޤަވައިދު ފާސްކޮށްފަ އެވެ.

ރޭމްގެ އިންތިޚާބު ގައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފޯމް، ރޭމްގެ ހޮޓްލައިން 7734455 އަށް ވައިބަރ ކުރުމުންނާއި އެފްބީ އިން ވެސް ލިބެން ހުންނާނެ ކަމަށް ރޭމް އިން ބުންޏެވެ.

މިއިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިފައިވަނީ 25 ސެޕްޓެމްބަރ ގެ ހަވީރު 4 ޖެހުމާ ހަމައަށް މެމްބަރޝިޕް ފޯމް ފުރުއްވާ ފަރާތްތަކަށް ކަމަށްވެސް ރޭމް އިން ބުންޏެވެ.

ރޭމްގެ ހިންގާ ކޮމިޓީގެ މަޤާމްތައް:

1 ރައީސް

1 އެއްވަނަ ނާއިބު ރައީސް

1 ދެވަނަ ނާއިބު ރައީސް

1 ޖެނެރަލް ސެކްރެޓަރީ

1 ޓްރެޜަރަރ

8 ކޮމިޓީ މެމްބަރުން (ހިންގާ ކޮމިޓީ މެމްބަރުން)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް