މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ ބުޅި ހެރިފައިވަނީ މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ...

21 Sep 2020 | 15:21

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ބުޅި ހެރިފައިވަނީ މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ. އަދި އެހާދިސާ ހިނގާފައިވަނީ އދ މަންދޫ ގެ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުގައި ދޯނި އޮއްވާ ކަމަށެވެ.

އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ ހަތެއްޖަހާ އެހާކަންހާއިރު ކަމަށާއި އެމީހާ ފަރުވާއަށް ގެނައުމުގައި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް