ކުރެންދޫ ނަރުދަނާ ނިޒާމު ކޮމިޝަންގެ ޢަމަލީ މަސައްކަތް ނިންމައިފި

ޅ. ކުރެންދޫ ނަރުދަނާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމައި، ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މި...

21 Sep 2020 | 14:10

ޅ. ކުރެންދޫ ނަރުދަނާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމައި، ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ އަދި އެމްޑަބްލިއުއެސްސީ ގެ ބޭފުޅުން އެރަށަށް ގޮސްގެން ކަމަށެވެ.

މި މަސައްކަތަކީ ޕްލޭނިންގ މިނިސްޓްރީން 29 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީ އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން6،000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި720 މީޓަރުގެ ޕަމްޕިންގ ލައިން އާ،2 ޕަމްޕިންގ ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގ އެއް ވަނީ ގާއިމުކޮށްްފައެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އެރަށުގެ366 ގެއެއްގައި ޖަންޝަން ބަހައްޓައި، މިގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާފައެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް