ވެސްޓްޕާކް ކައިރިއަށް ސްނޯކްލިންއަށް ފޭބި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އޭނާގެ ހަށިގަނޑު އެ ސަރަހައްދުގެ މޫދު އަޑިން ފެނުނީ ކޯސްޓް ގާރޑުގެ ޑައިވަރުންނާއި ޢާންމު ޑައިވަރުން ގުޅިގެން ކުރަމުން ދިޔަ މަސައްކަތުން ޢާންމު ޑައިވަރުންނަށް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ.
މ. ބޮއިލިން ފިޝް ސަފްވާން ރަޝީދު، މެންދުރު 11:00 ހާއިރު ސްނޯކްލިންގ އަށް ފޭބީ އެކަނި ކަމަށާއި ސަފްވާން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4:36 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް