ކުޑަކުދިންނަށް ހާއްސަކޮށްގެން "މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.
ފޭސްބުކާއި އިންންްޓަގްރާމްގައި މި ކެމްޕެއިން މިމަހުގެ 30 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ. އުރީދޫއިން ބުނީ މިހާރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގައި ގިނަ ކުދިންތަކެއްގެ ހުނަރުވެރި ކުރެހުންތައް ބައިވެރިވެރި ކުރަމުންދާ ކަމަށެވެ.
އުރީދޫއިން ބުނީ މުބާރާތުގައި ބައިވެރިވާ ކުދިން ކުރަހަން ޖެހޭނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" އާއި ގުޅޭ ކުރެހުމެކެވެ އަދި ކުރެހުން ޝެއާ ކުރާއިރު #MyMoolee ބޭނުން ކުރަން ޖެހެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ޕޯސްޓުތަކުގެ ތެރެއިން އެއްވަނަ އަށް ދާ ކުރެހުމަކަށް އެމެޒޯން ފަޔާ ސްޓިކް އާއި އާޓު ކިޓުގެ އިތުރުން ސަޕްރައިޒް ގިފްޓެއް ލިބޭނެ އެވެ. ދެވަނަ އަށް ސަން ބަމް ހެއާ ކެއާ ސެޓަކާއި ކުރަހާ ފޮތެއް އަދި ކުރަހާ ފަންސުރު ފޮއްޓެއް ލިބޭއިރު ތިންވަނަ އިނާމަކީ ސަން ކެއާ ސެޓަކާއި ކުރަހާ ފޮތަާއި ފަންސުރު ފޮއްޓެކެވެ.
މި މުބާރާތުގައި ބައިވެރިވެވެނީ އުމުރުން ފަސް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް