ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފި

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރާ ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މިކަމަށްޓަކައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހި...

21 Sep 2020 | 08:59

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރާ ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މިކަމަށްޓަކައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޖެއި ޝަންކަރާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޝިޕިން (އިންޑިޕެންޑެންޓް ޗާޖް)، ޝްރީ މަންސުޚް އެލް އެވެ.

ދެގައުމުގެ ދެމެދުގައި ކުރާ ކާގޯ ދަތުރުގެ ފުރަތަމަ ކާގޯ ފެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފެރީ އިއްޔެ އެވެ. މި ބޯޓު ދެން ބަނދަރު ކުރާނީ ކޮޗިން ބަނދަރަށެވެ.

މި ދަތުރުގައި އެ ބޯޓު ފުރަތަމަ ޖައްސާނީ މިމަހުގެ26 ވަނަ ދުވަހު ކުޅުދުއްފުށީ ޕޯޓަށެވެ. މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ28 ވަނަ ދުވަހު އެވެ.

މި ފެރީގެ ހިދުމަތް އޮޕަރޭޓް ކުރަނީ ޝިޕިން ކޯޕޮރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) އިންނެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުތައް ފެށުމުން އިންޑިއާއިން މުދާ އެތެރެ ކުރާ ވިޔަފާރިވެރިން އިންޑިއާއިން މުދާ އިމްޕޯޓު ކުރުމަށް ލުއިފަސޭހަ ވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ދެ ގައުމުގެ ދެމެދުގައި ކާގޯ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ މެއި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް