ކޯވިޑް-19 ޖެހިގެން 90 އަހަރުގެ މީހަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ދަންވަރު 1:25 ގައި އެވެ. މަރުވި އިރު އެމީހާ...

21 Sep 2020 | 04:11

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ދަންވަރު 1:25 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިިލިޓީގައި އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 34 ވަނަ މީހާ އެވެ.

މިހާތަނަށް މަރުވެފައިވަނީ ހަ ބިދޭސީންނާއި 28 ދިވެހިންނެވެ.

https://twitter.com/HPA_MV/status/1307893693861580800

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް