އަނޫރާގް ކަޝްޔަޕަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަށް އޭނާ އިންކާރުކޮށްފި އެވެ. އަނޫރާގު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރީ ބަލަތާ ޕާޔަލް ޖޯޝް އެވެ. ޕާޔަލް މީޑިއާ...

21 Sep 2020 | 04:00

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަށް އޭނާ އިންކާރުކޮށްފި އެވެ.

އަނޫރާގު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރީ ބަލަތާ ޕާޔަލް ޖޯޝް އެވެ. ޕާޔަލް މީޑިއާގައި ބުނެފައިވަނީ ފިލްމަކާ ބެހޭ ގޮތުން އަނޫރާގާ ބައްދަލުކުރަން ދިއުމުން ކޮޓަރިއަކަށް ގެންގޮސް، ގަދަކަމުން އޭނާއާ ގުޅުން ހިންގަން މަސައްކަތްކޮށް، ވަރަށް ހަޑިހުތު ވާހަކަ ދައްކާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އަނޫރާގެ ގާނޫނީ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތުހުމަތުތަކަކީ ދޮގެއް ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން އަނޫރާގަށް ފުން އަސަރުކޮށްފައިވާ ކަމަށެވެ.

އަދި ޕާޔަލް އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އަނޫރާގް ޓުވިޓާގައި އޭގެ ކުރިން ބުނީ އޭނާއާ ދެކޮޅަށް މިހާރު މިފަދަ ވާހަކައެއް ފެންމަތިކުރީ ބޮލީވުޑްގެ ދިފާއުގައި ދައްކާ ވާހަކަތައް ހުއްޓުވައި ހިމޭންކުރުވަން ކަމަށެވެ.

ޕާޔަލް ޓުވިޓާގައި އަނޫރާގުގެ ޖިންސީ ފުރައްސާރައިގެ ވާހަކަ ލިޔުމަށް ފަހު ވަނީ އެ މައްސަލަ ބަލައި ދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކިބައިން އެދިފައި އެވެ. މިކަމާ ގުޅިގެން ނެޝަނަލް ކޮމިޝަން ފޮ ވިމެންގެ ޗެއާޕާސަން ރޭކާ ޝަރުމާ ވަނީ ޕާޔަލް އަށް ކުރިމަތިވި ހާދިސާގެ ތަފުސީލުތައް ހިއްސާކޮށްދޭން އެދިފަ އެވެ.

އަނޫރާގަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ވާހަކަ ޕާޔަލް ދެއްކީ ބޮލީވުޑާ ބެހޭ ގޮތުން ކަންގަނާ ރަނާވަތާއި އަނޫރާގް އާއި ދެމެދު ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ދެ މީހުންގެ މެދުގައި ޓްވިޓާގައި ކޯޅުންތަކެއް ހިނގަމުން ދަނިކޮށެވެ. ޕާޔަލްގެ ވާހަކަތަކާއި ގުޅިގެން ބޮލީވުޑްގެ ހުރިހާ ކަމަކަށް އަނގަ ބާނާ ކަންގަނާ ވަނީ އަނޫރާގް ހައްޔަރު ކުރުމަށް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް