ސެރިއޭ: ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު ސަމްޑޯރިއާ އަތުން މޮޅުވެއްޖެއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ގެރޭ ކުޅުނު މި މެޗު އެޓީމު މޮޅުވެފައި...

21 Sep 2020 | 03:41

އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު ސަމްޑޯރިއާ އަތުން މޮޅުވެއްޖެއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ގެރޭ ކުޅުނު މި މެޗު އެޓީމު މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

1،000 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީއެވެ. މިއީ އޭނާ ޔުވެންޓަސްގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި ލަނޑަށްފަހުވެސް ޔުވެންޓަސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ސަމްޑޯރިއާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޔުވެންޓަސްއިން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާރޮން ރަމްސީގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

އައު ސީޒަންގެ ފުރަތަމަ މެޗު މޮޅަކުން ފެށިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ޔުވެންޓަސް ނުކުންނާނީ ރޯމާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް