ސިފައިންގެ ތަމްރީން ރަށް، ކ. ގިރިފުށީގައި ޕޮޒިޓިވް ވެފައިވާ ސިފައިންގެ އަދަދު 35 އަށް އަރައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑީރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކޯވިޑަށް ގިރިފުށިން މިއަދު 26 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި އޭގެ ކުރިން ފަހެއް އަދި އޭގެ ކުރިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިހާރު އެ ރަށުގައި ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 35 ކަމުގައި ތަސްލީމާ ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ 35 މީހުންނަކީވެސް ތަމްރީނެއްގައި ބައިވެރިވި ސިފައިންނެވެ. ނަމަވެސް ސިފައިންގެ ފަރާތުން މިކަމުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް