ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ. ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވަނީ...

21 Aug 2020 | 12:11

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވަނީ ރާއްޖޭގެ ފޮރިން ސަރވިސް ފެއިލްވެފައިވާ ކަަމަށް ޤަބޫލުކުރައްވާތީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެ މައްސަލަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ދަމަހައްޓާ، ރާއްޖެ އަށް މަންފާ ހޯދާ ދިނުމަށް މިނިސްޓަރ ޝާހިދު އަށް މަސައްކަތް ނުކުރެވޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޖާބިރު ވަނީ ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ތަނެއްގެ ގޮތުގައި މުޅި ޔޫރަޕްގައި ވެސް އިޝްތިހާރުކުރަމުން އައި ނަމަވެސް އެގައުމުން ސޭފް ސްޓޭމްޕް ވެސް ރާއްޖެއަށް ލިބިފައި ނުވާ ކަމަށެވެ. އަދި ފޮރިން ސާވިސް އޮންނަން ޖެހޭނީ ވަރަށް ބެލެންސް ގޮތެއްގައި ކަމަށާއި އެކަމަކު ކަންކަން ހިނގަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވަޒީރުކަމަށް ވަޑައިގެންނެވީ ބޮލުގެ ބޭނުން ކުރައްވައިގެން ކަމަށާ، ޝާހިދު ނޫން އެހެން މީހުންވެސް ކަންކަމާއި ވިސްނާނެ ކަން އެނގެންވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުުވެފައެވެ.

" މަލިކު އަނބުރާ ބޭނުންވޭ ޓޭބަލް އަށް ދާން ޖެހޭ. އަންނި އާއި މަނިކުފާނާއި ދެމީހުން ބިރިޔާނީ ކައިގެން އަދި ކުރީގަ މަނިކުފާމެން އަމަލު ކުރީމަކކާ ކަމަކު ނުދޭ. މި ރާއްޖޭގެ ފޮރިން ސަރވިސް ފެއިލްވެއްޖެ. ޔޫރަޕިއަން ޔޫނިއަންގެ ފްރީ ސްޓޭމްޕްވެސް މި ޤައުމަކަށް ނުލިބުނު. ޝާހިދު އަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް." ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ގެނައީ ސިއްކަ ނޫން ކަމަށާއި، ސިއްކަ ފިލާ އިނދެގެން ވެރިކަން ކުރާތަން ބަލަން ނުއިނދެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޝާހިދު އާއި ދެބޭފުޅުން ބައިވެގެން ކަންތައްތަކެއް ގޯސްކޮށް ހިންގާކަމަށް ވެސް ޖާބިރު ވަނީ ތުހުމަތުކުރައްވާފައެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައި ވާއިރު އިތުރު ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަަލަވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް