ރާއްޖޭގައި ކުރެހުންތެރިންނާއި ފެހުން ތެރިން ވަރަށް ގިނައެވެ. އަދި ގިނަ މީހުންނަކީ ޕްރޮފެޝަން އެއް ގޮތަށް އެކަން ކުރަމުން އަންނަ ބައެކެވެ. ފެހުމުގެ ދާއިރާއިން މަޝްހޫރު ކޮންމެ މީހެއްގެވެސް ސިގްނޭޗަރ ސްޓައިލެއް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް އަމިއްލަ ބްރޭންޑެއް ތަޢާރަފްކޮށް ކުރިއަރަމުން އަންނަނީ މަދު ބައެކެވެ.
މިފަހަރު ދުވަސްގެ "މީހުން" ސެގްމެންޓް ހާއްސަ ކޮށްލާފައި މިވަނީ މި ދެ ހުނަރުވެސް ހުރި 23 އަހަރުގެ ޒުވާނަކަށެވެ. ކުރެހުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ އައިމިނަތު އައިމާ ނުވަތަ އާންމު ނަމުން ނަމަ ދާދު އަށެވެ.
ދާދު އަކީ އުމުރުން ހަތަރު އަހަރުން ފެށިގެން ކުރަހަމުން އަންނަ ޒުވާނެކެވެ.
ދާދު ބުނީ ކުރެހުމުގައި ވަކި ހާއްސަ އިންސްޕިރޭޝަނެއް ނުހުންނާނެ ކަމަށާއި، އެކި އެއްޗިހި އިންސްޕިރޭޝަންގެ ގޮތުގައި ނަގާ ކަމަށެވެ. އަދި އެންމެ ބޮޑަށް ދާދު އިންސްޕިރޭޝަން އެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަނޑެވެ.
" އެކި އެއްޗެހި ދޯ ދެން. އިންސްޕިރޭޝަން އަކަށް އޯޝަންވެސް ދެން ހިމެނޭ. ވަރަށް ގިނައިން އޯޝަން އެއްޗިހި ކުރަހަން. މިހާރުވެސް ކުރަހަން. ދެން ޕޯޓްރެއިޓްސް ވެސް އިންސްޕިރޭޝަން އެއްގޮތަށް ނަގަން ބައެއް ފަހަރު." ދާދު ބުންޏެވެ.
https://www.instagram.com/p/B8tU2X7FtHi/?utm_source=ig_web_copy_link
ދާދު ބުނީ ކުރެހުންތައް އިންސްޕަޔާރ ވެގެން އެއްވެސް މަޝްހޫރު ކުރެހުންތެރިއެއް ފޮލޯ ނުކުރާ ކަމަށެވެ.
ދާދު ބުނީ ކުރާ މަސައްކަތުގައި އެންމެ ބޮޑު ހިއްވަރެއް ލިބެނީ އާއިލާގެ ފަރާތުން ކަމަށެވެ. އަދި ހާއްސަކޮށް ފިރިމީހާ ފަރާތުން ލިބޭ
" ސަޕޯޓް ލިބޭ މަންމަ، ބައްފަ ދެން ދޮންބެ އާއި ދޮންތަ ފަރާތުން. ދެން ކުރާ މަސައްކަތުގައި ފިރިމީހާ ވަރަށް ސަޕޯޓިވް." ދާދު ބުންޏެވެ.
ދާދު ބުނީ، އޭނާ ވާނީ ކުރެހުމުގެ ހުނަރު ދައްކާލުމަށް އެގްޒިބިޝަން ތަކުގައިވެސް ބައިވެރިވެފަ ކަމަށެވެ.
" 2015 ވަނަ އަހަރު އެގްޒިބިޝަން އެއްގައި ބައިވެރިވިން. އަދި 2017 ވަނަ އަހަރު ސޯލޯ އެގްޒިބިޝަން އެއްވެސް ބާއްވައިފަ ވާނީ. އޭގެ ފަހުން އަދި އެގްޒިބިޝަން އެއްގައި ބައިވެރިއެއް ނުވަން. ދާދު ބުންޏެވެ.
ދާދު ބުނީ ކެންވަސްގެ އިތުރުން ފޯނު ކަވަރުގައިވެސް ކުރަހާ ކަމަށެވެ. އަދިވެސް ފޯނު ކަވަރުގައި ކުރެހި ނަމަވެސް ބޮޑަށް މިހާރު ފޯކަސް ކުރަނީ ފެހުމަށް ކަމަށެވެ.
https://www.instagram.com/p/B8sdWP9ldi2/?utm_source=ig_web_copy_link
ދާދު ބުނީ، ކުރެހުމުގައި އެންމެ ބޮޑު އެޗީވްމެންޓަކަށް ވަނީ ކޮންމެ ކުރެހުމެއް ނިންމުމަށްފަހު ކަމަށެވެ.
" ކޮންމެ ޕެއިންޓިން އެއްވެސް ނިމުނީމަ އެކޮމްޕްލިޝް ފީލްވޭ. ކޮންމެ ޕެއިންޓިން އެއްވެސް ނިމުނީމަ އެއީ އެޗީވްމެންޓެއް ގޮތަށް ފީލްވޭ." ދާދު ބުންޏެވެ.
ދާދު ބުނީ އޭނާގެ ކުރެހުންތައް 2015 އިން ފެށިގެން ވިއްކާ ކަމަށާއި، އިންސްޓަގްރާމަށް މެސެޖް ކޮށްލުމުން ލިބޭނެ ކަމަށެވެ. ދާދު ބުނީ އޭނާގެ ކުރެހުންތައް ގަންނަ މީހުންގެ ފަރާތުން އަންނަ ފީޑްބެކް ވަރަށް ފޮޒިޓިވް ކަމަށެވެ.
" ޕެއިންޓިންތައް ގަންނަ މީހުން ބުނޭ ދޯ އަދި އިތުރަށްވެސް ގަންނަން ބެނުންވާ ވާހަކަ. ގިނައިން ޕެއިންޓިން ގަންނަނީވެސް ކުރިން އަބަދުވެސް ގަންނަމުން އަންނަ މީހުން. އެއްފަހަރު ގަނެފިއްޔާ ފަހުން އަނެއްކަ ކޮންޓެކްޓް ކުރޭ އިތުރަށް ގަންނަން ބޭނުން ވާތީ." ދާދު ބުންޏެވެ.
ދާދު ބުނީ، މިހާރު ކުރަހަނީ ހޮބީއެއް ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަމިއްލަ އެގްޒިބިޝަން އެއް ބޭއްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި އެގްޒިބިޝަނަށް މިހާރު ތައްޔާރުވަމުން އަންނަ ކަންވެސް ދާދު ވަނީ ފާހަގަ ކޮށްފައެވެ.
https://www.instagram.com/p/BSJnKw5B3Gn/?utm_source=ig_web_copy_link
އޭނާ މިހާރު އެންމެ ބޮޑު ފޯކަސްއެއް ކްލޯތިން ބްރޭންޑަށް ދެމުން އަންނަ އިރު، ބޭނުންވަނީ އަމިއްލަ ބްރޭންޑް ނޭމް މޮޑެސްޓް ކްލޯތިން ލައިން އެއް ދައްކާލުން ކަމަށް ދާދު ބުންޏެވެ.
ދާދު ބުނީ ކުޑައިރުވެސް އަބަދުވެސް ފަހާ ކަމަށެވެ. އަދި ކުރިން އަމިއްލައަށް ލާ ހެދުން ފަހާ ކަމަށާއި، އެންމެ ބޮޑު އިންސްޕިރޭޝަން އަކީ މަންމަ ކަމަށެވެ. އޭނާ ފަހަން ދަސްކުރީ މަންމަ ކައިރިން ކަމަށްވެސް ދާދު ބުންޏެވެ. އަދި ފަހާފައި ހުންނަ އެއްޗެހި ގަންނަ ގިނަ މީހުން ރީތިކަމަށް ބުނާ ކަމަށެވެ.
އޭނާ ވިއްކަމުން އަންނަނީ އަމިއްލަ ޑިޒައިންތައް ކަމަށާއި، ނަމަވެސް ގަންނަން ބޭނުންވާ މީހުންގެ ސައިޒަށް ފަހައިދޭ ކަމަށާއި އުންމީދަކީ މާލޭގެ އިތުރުން ރާއްޖެތެރެއަށްވެސް އޭނާގެ ހެދުންތައް ފޯރިކޮށްދިނުން ކަމަށް ދާދު ވަނީ ބުނެފައެވެ.
" މިހާރު މާލެ ތެރެއިންނާއި ހުޅުމާލެއިން ގިނައިން ކަސްޓަމަރުން ލިބެނީ. ރަށް ރަށުންގައި ދިރިއުޅޭ ބައިވަރު މީހުން ގަންނަން ބޭނުންވެގެން އިންބޮކްސް ކުރޭ. އެކަމު އަޅުގަނޑުމެންނަށް ރަށްރަށަށް ޑެލިވާކޮށް ހަދަން އަދި ވަރަށް އުނދަގޫ. ކުރިއަށް އޮތްތަނުގައި ބޭނުންވަނީ ރާއްޖެގެ ކޮންމެ ރަށަކަށްވެސް އޯޑަރު ޑެލިވެރީ ކޮށްދޭން." ދާދު ބުންޏެވެ.
ދާދު އިތުރަށް ބުނީ އޯޑަރުދޭތާ ހަތަރު ފަސް ދުވަސްތެރޭ ޑެލިވާކޮށްލަދޭ ކަމަށެވެ.
"ދާދު ބުނަން ބޭނުންވަނީ، ކޮންމެ މަސައްކަތެއްވެސް ކެރިގެން އެކަމާ ވެގެން ކުރަން އުޅެފިއްޔާ ކޮންމެ ކުއްޖަކަށްވެސް އެކަން ކުރެވޭނެ. އަދި އޭގެ ކާމިޔާބުވެސް މާތް ﷲ އިރާދުފުޅާއެކު ދެއްވާނެ." ދާދު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް