ހުޅުމާލޭ ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް، ކޯވިޑުގައި ކުރީގެ ސިފައިންގެ ބޭކަލަކު އަވަހާރަވެއްޖެއެވެ.
އަވަހާރަވެފައިވަނީ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ (ސ. ނަންބަރު:105) އެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ (ސ. ނަންބަރު:105) އަކީ 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައި ކަމަށާއި ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި ނުވަ ކުލައާ ހަތް މެޑަލް ލިބިވަޑައިގެންފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.
ދުވަހަށް އިތުރަށް މައުލޫމާތު ދެއްވަމުން އަބްދުލްޣަނީގެ އާއިލާގެ ފަރާތުން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ ނިޔާވީ، ރޭގެ ދަންވަރު 01:30 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް