ކޯވިޑް-19 އަށް އިތުރު 45 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ 31 ދިވެހިންނާއި 14 ބިދޭސީން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާ ދެމީހުންނެވެ.
ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 28 މީހަކު މިއަދު ވަނީ ރަނގަޅުވެފައި އެވެ. އެއާއި އެކު ޖުމްލަ 2،396 މީހުން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 617 މީހުންނަށެވެ. އޭގެ ތެރެއިން 502 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވީ 3،044 މީހުންނެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1285620754772615169
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް