ކުޑަކުދިންގެ ހިޔާއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ކުއްޖާގެ ދެވަނަ ޓެސްޓު ކޯވިޑަށް ނެގެޓިވް ވެއްޖެ އެވެ.
މިކަން ޖެންޑާ މިނިސްޓްރީން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ.
އުމުރުން 12 އަހަރުގެ އެ ކުއްޖާ އިންޑިއާއިން ބޭސްފަރުވާ ކުރުމަށް ފަހު ރާއްޖެ އައިސް ކަރަންޓީން މުއްދަތު ފުރިހަމަކޮށް މިމަހުގެ 16 ވަނަ ދުވަހު ޓެސްޓު ކުރި އިރު ވައިރަހަށް ނެގެޓިވްވެފައިވެ އެވެ. އޭނާ ޕޮސިޓިވްކަން އެނގުނީ މިމަހުގެ 19 ވަނަ ދުވަހު ބަލިވެގެން ވިލިމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް ބަދަލުކޮށް ޓެސްޓު ކުރުމުންނެވެ.
އެ ކުއްޖާއަކީ އުފެދުމުގައި ބައްޔެއް ހުންނަ ކުއްޖަކަށްވުމުން ދައުލަތުގެ ހަރަދުގައި އެ ކުއްޖާ ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދެ އެވެ.
ޖެންޑާ މިނިސްޓްރީން މީޑިއާގައި ބުނެފައިވަނީ އޭނާގެ ދެވަނަ ޓެސްޓު ނެގެޓިވް ވުމުން އައިސޮލޭޝަން އިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އާއި ދިމާވެފައިވާ މުވައްޒަފުންގެ ތެރެއިން ކަރަންޓީން ކުރި އެންމެންވެސް ދޫކޮށްލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް