ވ. އަތޮޅުގައ ހަދަމުންދާ ރިސޯޓުގައި ހަމަނުޖެހުން ހިންގި 22 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ބިދޭސީން ހިންގަންފެށި ހަމަނުޖެހުންތަކުގައި އެ ރަށުގައި މަސައްކަތް ކުރާ އެހެން ބިދޭސީންގެ މަސައްކަތަށް ހުރަސްއެޅުން ފަދަ ކަންކަން ކޮށްފައިވެ އެވެ. މިކަމާއި ގުޅިގެން މައްސަލަ ހައްލު ކުރުމަށް ރޭގެ ވަގުތެއްގައި ފުލުހުން އެރަށަށް ގޮސްފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށުގައި ހަމަނުޖެހުން ހިންގި 22 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އެގޮތުން ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ރޭ ފުލުހުން އެރަށަށް ގޮސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި އިރު އެއްވެސް ހަަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އަދި އެ ބިދޭސީންނާއި ހަވާލުވެގެން އުޅޭ ކުންފުނިން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެ އެވެ.
މިފަހަކުން ބިދޭސީ މަސައްކަތު މީހުން މުޒާހަރާ ކުރުމުގެ މައްސަލަ ވަނީ އިތުރުވާން ފަށާފައި އެވެ. އެގޮތުން ހުޅުމާލެ އާއި ބ. ބޮޑުފިނޮޅު އަދި ތިލަފުށީގައި ބިދޭސީންތަކެއް މުޒާހަރާކޮށްފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ބިދޭސީން މުޒާހަރާ ކުރަމުންދަނީ މުސާރައިގެ މައްސަލައިގަ ނޫންކަމަށާއި ބޮޑަށް ބެލެވެނީ އެނބުރި ގައުމަށް ނުދެވިގެން ހަމަނުޖެހުން ހިންގަނީ ކަމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް