ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުގެ ރައީސް ކަމުން އަހުމަދު ސުލައިމާން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުލައިމާން ވަކި ކުރަން ލަފާ އެރުވުމަށް ފާށްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވޑައިގެންނެވި 58 މެމްބަރުންގެ ތާއީދާއި އެކު އެވެ.
ސުލައިމާން އާއި އެކު އެންއައިސީގައި ހިމެނިވަޑައިގެންނަވާ ހަތަރު މެމްބަރަކު ވަކި ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކުރި އެވެ. އެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައި ވޯޓަށް އެހުމާއި ހިސާބަށް ނުދަނީ އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނަވާ އަނެއް ތިން މެމްބަރުން ވަނީ މަގާމުން އިސްތިއުފާދެއްވާފައި އެވެ.
އެންއައިސީގެ މެމްބަރުން އެ ކޮމިޝަނުން ވަކި ކުރުމަށް ކޮމިޓީން ފާސްކުރީ ފުލުހުންނާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުން ލަސްކުރާތީ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް