އިޖްތިމާއީ ގައިދުރު ކަމަށް ބާރު އެޅުމަށް މޯލްޑިވިއަންގެ ސިޓީ ޗެކިން!

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ޗެކިން ވުމުގައި އިތުރަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ސިޓީ ޗެކިން ހިޔާރު ކުރުމަށް އެދިފި އެވެ. މޯލްޑިވިއަންއިން ބުނީ ފްލައ...

21 Jul 2020 | 09:37

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ޗެކިން ވުމުގައި އިތުރަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ސިޓީ ޗެކިން ހިޔާރު ކުރުމަށް އެދިފި އެވެ.

މޯލްޑިވިއަންއިން ބުނީ ފްލައިޓު އޮންނަ ގަޑީގެ ހަތަރު ގަޑި އިރު ކުރިން ގްރޭޓާ މާލޭ ބަސް ސްޓޭާޝަންގައި ހުންނަ މޯލްޑިވިއަންގެ ކައުންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި އެތަނަށް ދަބަސްތައް ހަވާލު ކުރުމަށް ފަހު އެ ކައުންޓަރުން ޗެކިންވެ ބޯޑިން ފާސް ނެގޭނެ ކަމަށެވެ.

އެ ކައުންޓަރު ބަންދުވާނީ ފްލައިޓު އޮންނަ ގަޑީގެ 90 މިނެޓު ކުރިންނެވެ. ބަސް ސްޓޮޕްގައި ގާއިމްކޮށްފައިވާ މޯލްޑިވިއަންގެ ކައުންޓަރުން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތަކަށް ޗެކިން ވެވޭނެ އެވެ.

މޯލްޑިވިއަން އިން ވަނީ ކިޔުގައި ޖެހިގެން މީހުން ތިބެން ނުޖެހޭނެ ގޮތެއް ހެދުމަށާއި އިޖްތިމާއީ ގައިދުރުކަމަށް ބާރު އެޅުމަށް އޮންލައިންކޮށް ޗެކިން ވެވޭނެ ގޮތްވެސް ހަދާފައި އެވެ. އެގޮތުން އޮންލައިންކޮށް ޗެކިންވާ މީހުންގެ ބޯޑިން ފާސް އީމެއިލް މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަދާފައި އެވެ.

އޮންލައިންކޮށް ޗެކިންވާ މީހުން އެއާޕޯޓަށް ދާންޖެހެނީ ފުރުމުގެ އެއް ގަޑިއިރު ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް