ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެމްޓީސީސީ އިން ބުނީ މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެ ރަށަށް ގެންގޮސް ގޮންގޮސް އަމަލީ ގޮތުން ...

21 Jul 2020 | 09:18

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެ ރަށަށް ގެންގޮސް ގޮންގޮސް އަމަލީ ގޮތުން އެތެރޭގެ މަގު ހެދުމުގެ މަސައްކަތް މިއަދު ފަށާފައި ވާނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނީ، ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު، 279.4 މިލިއަން ރުފިޔާއަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް