ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ދިޔަ ތިން މިސްކިތް ބަންދުކޮށް ޑިސްއިންފެކްޓް ކުރަމަށް ފަހު އަލުން ހުޅުވައިފިއެވެ.
ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ބަންދު ކުރީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) އާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރީ ހުންނަ މިސްކިތް) އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑަށް ޕޮޒިޓިވްވީ ބަޔަކު އެ ތިން މިސްކިތަށް އަރާފައި ވާތީ އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރާ ކަމަށެވެ. މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިންމާ ރޭގެ ފަތިސް ނަމާދަށް ވަނީ އަލުން ހުޅުވާފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުުރުން ހުއްޓާލައި މިސްކިތްތައް ބަންދުކުރި އެވެ. މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ ދެ ހަފްތާ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް