ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ފަޅުފުންކުރުމުގެ މަސައްކަތުގެ 33 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ މަޝްރޫޢުގެ ދަށުން 46،600 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް ފަޅުފުންކުރާނެ ކަމަށެވެ. އަދި 410 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މަޝްރުއުގެ ދަށުން 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓު ގާއިމްކޮށް ބައްތި ހަރުކުރާން ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މެއި 27 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢު އަކީ، 38.2 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް