މާސްކު ނާޅާ ދަރިފުޅާ އެކު ނިކުތުމުން ސައިފް އަށް ފާޑު ކިޔައިފި

ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު އަންލޮކް 1.0 އިއުލާނު ކުރެވިގެން ދިއުމާއި އެކު، ސައިފް ވަނީ ދަރިފުޅު ތައިމުރް އަލީ ޚާން އަދި އަންހެނުން ކަރީނާ ކަޕޫރާ އެކު ބޭރަށް ނިކުމެފައެވެ. ސޯޝަލް މީޑިއާގައ...

21 Jul 2020 | 05:01

ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު އަންލޮކް 1.0 އިއުލާނު ކުރެވިގެން ދިއުމާއި އެކު، ސައިފް ވަނީ ދަރިފުޅު ތައިމުރް އަލީ ޚާން އަދި އަންހެނުން ކަރީނާ ކަޕޫރާ އެކު ބޭރަށް ނިކުމެފައެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯތައް ދައުރުވާން ފެށުމާއި އެކު ސައިޕްއަށް ފާޑުކިއުންތައް އަމާޒުވާން ފެށިއެވެ. އެއީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި 3 އަހަރުގެ ކުޑަ ދަރިފުޅު ގޮވައިގެން ނިކުތުމުންނެވެ. އަދި ވައިރަލްވި ވީޑިއޯއެއްގައި ފުލުހަކު ސައިފް ގާތު ކުޑަކުދިން ނުވައްދާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސައިފް ވަނީ ދާދި ފަހުން މުމްބާއި މިރޯއަށް އިންޓަވިއެއް ދީފައެވެ. ސައިފް ބުނީ ދަރިފުޅު ބޭރަށް ނެރުނީ ދަރިފުޅު ގޭ ބަންދުގައި މާ ގިނަ ދުވަހު ހުންނަން ޖެހިފައި ވުމުންނެވެ. ސައިފް ބުނީ ގެއިންނިކުތީ މާސްކު އަޅައިގެން ކަމަށާއި، މާސް ނެގީ ތަނުގައި އެއްވެސް މީހަކު ނެތި ފަޅުތަނެއް ގޮތުގައި އޮތުމުން ކަމަށެވެ. އަދި މީހުންތައް ފެނުމާއި އެކު، ވަގުތުން މާސް އެޅިކަންވެސް ސައިފް ފާހަގަ ކުރިއެވެ.

ސައިފް އިތުރަށް ބުނީ، މިއީ ރިޕޯޓްކޮށްފައިވާ ވާހަކަތަކެއް ނޫން ކަމަށްވިޔަސް ހަގީގަތަކީ މިއީ ކަމަށެވެ. އަދި ޒިންމާދާރު ކަމާއިއެކު، ގާނޫނުތަކަށް ތަބާވެގެން މުޅި ލޮކްޑައުން ހޭދަކުރީ ގޭގައި ކަމަށްވެސް ސައިފް ވަނީ ބުނެފައެވެ. އަދި މި ދަނޑިވަޅުގައި އާއިލާއިން ވެސް ދިމާވީ މަދު މީހަކާކަން ސައިފް ފާހަގަކުރިއެވެ.

ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ނިކުތް ޖަވާނީ ޖާނެމަން އިންނެވެ. ސައިފްއާއި އެކު މި ފިލްމުގައި ތަބޫ އަދި އަލަށް ދާއިރައަށް ތާރަފްވި އަލައިއާ ފަރްނީޗަރުވާލާ ފެނިގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް