އަންނަ މަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފަށަން ތައްޔާރުވަމުން އަންނަ ކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
އޭނާ ވިދާޅުވީ އަންނަ އޯގަސްޓް މަހުގެ ދެވަނަ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ވިސްނަމުންދާކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިގޮތުން ގްރޭޑު ހަތަކާއި އަށެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ އަދި ކޯވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަނަމަ އިތުރު ގްރޭޑުތަކަށްވެސް ކިޔަވައިދޭން ފަށާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ގްރޭޑްތަކަށްވެސް ކިޔަވައިދޭން ފަށާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއިއެކުގައި ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ ކިޔެވުން ތިން މަހަށްވުރެ ގިނަ ދުވަހަށް މެދުކެނޑިގެން ގޮސްފައިވެއެވެ. ނަމަވެސް މިހާރު އަންނަނީ ސްކޫލުތައް އަލުން ފަށާ، ދަރިވަރުންގެ ކިޔެވުން އަލުން ފަށަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް