އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން ފިލްމް ފެސްޓިވަލްް ފަސްކޮށްފި އެވެ.
ކުރިން މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިއޮތީ އަންނަ މަހު އެވެ. ކޯވިޑް-19 އާއި ގުޅިގެން މިހާރު މި ފެސްޓިވަލް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އޮކްޓޯބަރު 30 އިން ނޮވެމްބަރު ހަތް ވަނަ ދުވަހަށެވެ.
އޮސްޓްރޭލިއާގައި ކޮންމެ އަހަރަކު ބާއްވާ މި ފެސްޓިވަލްގައި އިންޑިއާގެ މަޝްހޫރު ގިނަ ތަރިންނާއި ލަވަކިޔުންތެރިންނާއި ނެށުންތެރިން ބައިވެރިވެ އެވެ. މި ފެސްޓިވަލްގައި އިންޑިއާގެ އެކި ބަސްބަހުގެ ފިލްމުތައް ދެއްކުމާއި ކުރު ފިލްމުތަކާއި ތަފާތު ޑާންސް ޝޯތަކާއި މުބާރާތްތައް އަދި މަޝްހޫރު މީހުންގެ މިއުޒިކް ޝޯތައް ކުރިޔަށް ގެންދެ އެވެ.
އޮކްޓޯބަރު މަހަށް ފަސް ކުރި ނަމަވެސް މި އިވެންޓުތައް އެ ފެސްޓިވަލްގައި އޮންނާނެ އެވެ. އެކަމަކު އެންމެ މުހިންމު ބައި ކަމަށްވާ އިންޑިއަން ފިލްމު ފެސްޓިވަލް ގާލާ އަންނަ އަހަރަށް ވަނީ ފަސްކޮށްފައި އެވެ.
މިއަހަރުގެ ހަރަކާތްތައް ކުރިޔަށް ގެންދާނީ އޮސްޓްރޭލިއާގައި ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް