ބ. އަތޮޅުން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރި "ނޫމަސް" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:45 ހާއިރު އެވެ. އެ ދޯނި ފަރަށް އަރާފައި ވަނީ ތިލަފުށީ އުތުރު ނެރުގެ ފަރަށެވެ.
ފަރަށް އެރި އިރު ދޯނީގައި ތިބީ ތިން މީހުންނެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ އެމީހުންގެ ހާލު ރަނގަޅުކަމަށެވެ.
ދޯނި ފަރަށް އަރާފައިވާ ސަރަހައްދުގައި ކޯސްޓުގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް