ކޯވިޑު ޖެހުނު 1،800 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން 1،800 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު 15 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ...

21 Jun 2020 | 18:38

ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން 1،800 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު 15 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،803 މީހުންނަށް އަރާފައި އެވެ.

މިހާޜު ބައްޔަށް ފަރުވާ ދެމުންދަނީ 387 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ނުވަ މީހަކަށް ފަރުވާ ދެމުންދާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

މިއަދު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 16 މީހެކެވެ.

ކޯވިޑް-19 އަށް މިހާތަނަށް 41،554 ސާމްޕަލެއް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިޕީޓުކޮށް ޓެސްޓުކޮށްފައިވާ ޓެސްޓުކޮށްފައިވާ މީހުންގެ ސާމްޕަލް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް