ޑިންގީއެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބަޔަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ޑިންގީއެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބަޔަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހަތަރު މީހުން...

21 Jun 2020 | 13:10

ޑިންގީއެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބަޔަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހަތަރު މީހުންނާއެކު ގދ. ނަޑެއްލައާއި އެއަތޮޅު ރަތަފަންދުއާއި ދޭތެރޭން ދަތުރުކުރަމުންދިޔަ ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 4:45 ހާއިރު ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް