ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ހިޔާޅު ހޯދަން ފުރުސަތު ހުޅުވާލައިފި އެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިލަށް ހިޔާލެއް ހުށަހަޅުއ...

21 Jun 2020 | 08:47

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ހިޔާޅު ހޯދަން ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިލަށް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހިލާޔު ހުށަހަޅަން ޖެހެނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

ހިޔާލު ހޯދަން ހުޅުވާލިއިރު މި ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީގައި މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

މި ބިލުގެ ބަހުސް މަޖިލީހުގައި ކުރިޔަށް ދިޔަ އިރު ފުލުހުންނަށް އަމާޒުކޮށް އެމްޑީޕީގެ މެންބަރުން ދިޔައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ފުލުހުންގެ ތައުލީމީ ފެންވަރާއި އަދަބު އަހުލާއި، ފުލުހުންގެ އިމާރާތްތަކާއި އެނޫންވެސް ކަންކަމަށް އެމްޑީޕީގެ މެންބަރުން ފާޑު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިދިކޮޅު މެންބަރުން ބުނެފައިވަނީ ފުލުހުންގެ ބިލަށް އެމްޑީޕީން ގެންނަން މަސައްކަތް ކުރާ ބަދަލުތައް އިދިކޮޅު ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް