ވައިރަހަށް ފަރުވާދެމުން ދިޔަ ދެ މީހަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފި

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ ދެ މީހަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ. ހާލު ސީރިއަސްވެފައިވަނީ ދިިވެއްސަކާއި ބިދޭސީއެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ...

21 Jun 2020 | 06:46

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ ދެ މީހަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ހާލު ސީރިއަސްވެފައިވަނީ ދިިވެއްސަކާއި ބިދޭސީއެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލް އައިސީޔޫގައި އެވެ. އަނެއް މީހާއަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

އެޗްޕީއޭއިން ބުނީ ޓްރީ ޓޮޕްގައި ފަރުވާ ދެމުންދަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. މެޑިކަލް ފެސިލިޓީގައި ވެންޓިލޭޓަރަށް ލަފާއިވަނީ 43 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ އެންމެންނަށް ފަރުވާ ދެމުންދަނީ އެ ދެ ތަނުގައި އެވެ. އޭގެ ތެރެއިން ޓްރީ ޓޮޕްގައި މިވަގުތު ފަރުވާ ދެމުންދަނީ ތިން މީހަކަށެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ އަށް މީހަކަށެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނު ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް ވެންޓިލޭޓަރަށް ލާފައިވާ ހުރިހާ ދިވެހިންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އެކަމަކު ވެންޓިލޭޓަރުގައި ފަރުވާ ދިން ހުރިހާ ބިދޭސީންނަކީވެސް 60 އަހަރުން ދަށުގެ މީހުންނެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 2،187 މީހުންނެވެ. އަށް މީހަކު ބަލީގައި ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް