ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު100 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އިއްޔެ އިތުރު13 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ12 ދިވެހިންނާއި ބިދޭސީ އެކެވެ.
މިއާއި އެކު މިހާރު ކޯވިޑަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ1،106 މީހުންނަށެވެ. މިހާތަނަށް ޖުމްލަ104 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ބަލިން ރަނގަޅުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް1،216 މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް