ތ. ގުރައީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބިދޭސީ މީހާގެ މަރުގެ މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ މަރާލި ކަމުގެ ރިޕޯޓުކޮށްފައިވަނީރޭ މެންދަމު1:00 ގައި ކަމަށެވެ. އެމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެ ތަނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
އޭގެ ފަހުން ރޭ މެންދަމ3:12 އެހާއިރު ހަމަ އެ ރަށުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. ވަޅި ބޭނުން ކޮށްގެން ހަމަލާދީފައިވަނީ އެމީހާގެ ބިލަށެވެ.
މި ދެ ހާދިސާގައި މަރުވެ އަދި އަނިޔާލުބުނު ބިދޭސީންނަކީ ސައްހަ ވިސާ އޮތް ބަންގްލަދޭޝްގެ ދެމީހުންނެވެ. މީގެ ތެރެއިން ޒަހަމްވި މީހާ މިހާރުވަނީ އިތުރު ފަރުވާއަށް ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.
ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް