ބައެއް ފަތުރުވެރިން ހިމެނޭހެން 200އަށްވުރެ ގިނަ ބިދޭސީން ފުރުވާލައިފި

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ މީހުން އެ ގައުމުތަކަށް ފޮނުވަން ކުރާ މަސައްކަތްތަކުގެ ތެރެއިން 200އަށްވުރެ ގިނަ ބިދޭސީން މިއަދު ފޮނުވާލައިފިއެވެ. އިމިގްރޭޝަނުން ...

21 May 2020 | 08:03

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ މީހުން އެ ގައުމުތަކަށް ފޮނުވަން ކުރާ މަސައްކަތްތަކުގެ ތެރެއިން 200އަށްވުރެ ގިނަ ބިދޭސީން މިއަދު ފޮނުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި މިއަދު ފޮނުވާލާފައިވަނީ އިންޑޮނޭޝިޔާގެ 190 މީހަކާއި ޔޫރަޕަށް ނިސްބަތްވާ 47 މީހެކެވެ.

ޔޫރަޕަށް ނިސްބަތްވާ 47 މީހުންގެ ތެރޭގައި ގިނައީ ފަތުރުވެރިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެމީހުން ނިސްބަތްވާ ގައުމުތަކަށް ދާނީ ކޮލޮމްބޯ މަގުން ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު 200 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވާއިރު އަވަށްޓެރި އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް އިންވެސް އަންނަނީ އެ ގައުމުތަކުގެ ރައްޔިތުން އެ ގައުމުތަކަށް ގެންދަމުންނެވެ.

https://twitter.com/immigrationmv/status/1263371277168852992?s=12

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް