މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެދުރާއްޖޭގެ ފަސް އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މެދުރާއްޖޭގެ ފަސް އަތޮޅެއް ކަމަށްވާ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ފަސް އަތޮޅަށެވެ.
މި ސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 03:00 އާއި ދެމެދުގެ ވަގުތުތަކުގައި މި ސަރަހައްދަށް ބޮކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާކަމަށެވެ.
މެދު ރާއްޖޭގެ ފަސް އަތޮޅަކަށް ހުދު ސަމާލު ނެރެފައިވާއިރު އުތުރުގެ ހަތް އަތޮޅަކަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް