ހާލުބޮޑުވި، އުމުރުން 63 އަހަރުގެ މީހަކު، ސިފައިންގެ އެހީގައި އދ. މާމިގިލިން މާލެ ގެނެސްދީފިއެވެ.
މީޑިއާތަަކށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެއީ އދ. މާމިގިލީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ.
ހާލުބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގައި މިއަދު 09:30 ހާއިރު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް