ތޫފާން އަމްޕަނުގައި މަރުވި އަދަދު 21 އަށް

ބޭ އޮފް ބެންގާލުގައި އުފެދި މިހާރު އިންޑިއާގެ އޮޑީޝާ އާއި ވެސްޓް ބެންގާލާއި ހަމައަށް ފޯރާފައިވާ ތޫފާން އަމްޕަނުގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ. މި ތޫފާން އޮޑީޝާއާއި ހަމައަށް ފޯރާފައިވ...

21 May 2020 | 06:02

ބޭ އޮފް ބެންގާލުގައި އުފެދި މިހާރު އިންޑިއާގެ އޮޑީޝާ އާއި ވެސްޓް ބެންގާލާއި ހަމައަށް ފޯރާފައިވާ ތޫފާން އަމްޕަނުގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.

މި ތޫފާން އޮޑީޝާއާއި ހަމައަށް ފޯރާފައިވަނީ އިއްޔެ މެންދުރު ފަހު 02:30 ހާއިރުގައެވެ. ތޫފާން އިންޑިއާއށް އެރިއިރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 155 ކިލޯމީޓަރާއި 165 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި ގަޑިއަކު 185 މިލޯމީޓަރަށް ވައިގަދަވެގެން ދިޔައެވެ. (ރާއްޖޭގައިނަމަ ވައި މިންކުރަނީ މޭލުންނެވެ. އެ މިންކުރުމުން ބަލައިފިނަމަ ވައި ހުރީ ގަޑިއަކު 96 މޭލާއި 102 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި ހުރީ ގަޑިއަކު 114 މޭލު ބާރުމިނުގައެވެ.)

މި ތޫފާންގައި މިހާތަނަށް 21 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން 21 މީހަކު މަރުވީ އިންޑިއާގެ ވެސްޓް ބެންގާލުންނެވެ. ހަތް މީހަކު މަރުވެފައިވަނީ ބަންގްލަދޭޝް އިންނެވެ. އަދި ދެމީހަކު މަރުވެފައިވަނީ އޮޑީޝާއިންނެވެ.

ހިންދުސްތާނު ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި ބަންގްލަދޭޝްއިން މަރުވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 75 އަހަރުގެ ފިރިހެނަކު ހިމެނޭއިރު އެ ދެމީހުން މަރުވެފައިވަނީ ގަސްތަކެއްގެ ދަށުވެގެންނެވެ. އަދި އޮޑީޝާއިން މަރވި ދެމީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ހިމެނެއެވެ. އެ ކުއްޖާ މަރުވީ އެ ކުއްޖާގެ ގައިމައްޗަށް ފާރެއް ވެއްޓިގެން ކަމަށް ބުނެފައިވެއެވެ.

އެ ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 27 ކިލޯމީޓަރު ބާރުމިނުގައެވެ. އަދި ތޫފާންގެ ބާރު މިހާރު ދައްވަމުން އަންނަ ކަމަށްވެސް އިންޑިއަން މީޓިއޮރޮލޮޖިކލް ޑިޕާޓްމެންޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް