މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅުއްވާ ފަރާތްތަކުން ކަދުރު ހޯދުމަށް ނަންނޯޓުކުރުމަށް ހުޅުވާލައިފި

މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅުއްވާ ފަރާތްތަކުން ކަދުރު ހޯދުމަށް ނަންނޯޓުކުރުމަށް މާލޭ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ. އެގޮތުން އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވ...

21 May 2020 | 05:40

މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅުއްވާ ފަރާތްތަކުން ކަދުރު ހޯދުމަށް ނަންނޯޓުކުރުމަށް މާލޭ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ.

އެގޮތުން އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ބެހުމަށްފަހު ބާކީހުރި 2903 ޕަކެޓު ކަދުރު އެ ކައުންސިލްގައި އެބަހުރި ކަމަށެވެ.

ބޭނުންވާ ފަރާތްތަކުން، ފުރިހަމަ ނަން، އައިޑީ ކާޑު ނަމްބަރު، މިހާރު ދިރިއުޅުއްވާ އެޑްރެސް، އަވަށާއި މަގުގެ ނަން އަދި މޯބައިލް ނަމްބަރު ޖެއްސެވުމަށްފަހު 9955788 އަށް މެސެޖު ކުރުމަށް ސިޓީކައުންސިލުން އެދިފައިވެއެވެ.

އެދިފައިވަނީ މިރޭގެ 09:00 ގެ ކުރިއަށް މެސެޖު ފޮނުވައިދެއްވުމަށެވެ. އަދި ކަދުރު ޕަކެޓު ދޫކުރެވޭނީ މެސެޖު ފޮނުވާ ތަރުތީބުންގޮސް ކަދުރު ހުސްވަންދެން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް