މި ހާލަތުގައި ވީޒާގެ މުއްދަތު ހަމަވާ ފަރާތްތަކުން ޖޫރިމަނާ ދައްކަން ނުޖެހޭނެ: އިމިގްރޭޝަ

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މި ހާލަތުގައި ވީޒާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވީޒާ ފީ ދައްކަން ނުޖެހޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއ...

21 May 2020 | 05:21

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މި ހާލަތުގައި ވީޒާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވީޒާ ފީ ދައްކަން ނުޖެހޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ލޮކްޑައުންގެ މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވީޒާ، ޑިޕެންޑެންޓު ވީޒާ، ވާރކް  ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރުމާއި ވީޒާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވީޒާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވިފައިވާކަމަށެވެ.

އެހެންކަމުން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވީޒާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާރޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް