މާލޭ ސިޓީގެ ފަގީރުންގެ ދަފްތާރުގައި ތިބި މީހުންގެ ތެރެއިން ގުޅޭނެ ފޯނު ނަމްބަރު ބަދަލުވެފައިވާ ފަރާތެއް ވާނަމަ އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގުމަށް އެދެފި އެވެ.
އެ މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އެ މިނިސްޓްރީން އެކި ބޭނުންތަކުގައި ގުޅަމުންދާ ކަމަށެވެ. އެކަމަކު ބައެއް ފަރާތްތަކުން މިނިސްޓްރީ އާއި ހިއްސާ ކޮށްފައިވާ ނަމްބަރާއި ނުގުޅޭކަން ފާހަގަވެފައިވާ ކަމަށް ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން އެދެނީ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ނަމްބަރު ބަދަލުވެފައިވާ ފަރާތެއް ވާނަމަ އެކަން މިނިސްޓްރީގެ ނަމްބަރު 3020209 ނުވަތަ 3020285 އަށް ގުލައި އެ މައުލޫމާތު ހިއްސާ ކުރުމެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކޯވިޑް-19 އާއި ގުޅިގެން ފިތުރު ޒަކާތް މާލޭ ސިޓީގައި ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ އެކައުންޓަށް ޖަމާކޮށްދީގެންނެވެ. މިއަހަރު ރޯދަމާ ދިމާކޮށް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާނުލީ ލޮކްޑައުންއާއި ގުޅިގެން އަންމުންނަށް ރަޖިސްޓްރީވުމަށް ދަތިތަކާއި ކުރިމަތިވާނެތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ތިބީ 8،764 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް