ފޮޓޯ: މާލޭ ސިޓީ ލޮކްޑައުންގައި: ވަރުބަލި ކަމެއްނެތި މަގުމަތި ބެލެހެއްޓުމުގައި ފުލުހުން!

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި ވަރުބަލި ކަމެއްނެތި އެންމެ ބުރަކޮށް މަސައްކަތް ކުރާ މީހުންގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ އިދާރާތަކުގައި މަސައްކަތް ކުރާ ފަ...

21 May 2020 | 03:14

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި ވަރުބަލި ކަމެއްނެތި އެންމެ ބުރަކޮށް މަސައްކަތް ކުރާ މީހުންގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ.

އޭގެ ތެރެއިން ފުލުހުން ދަނީ މަގުމަތީގައި24 ގަޑިއިރު ހަރަކާތްތެރިވަމުންނެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުން ދެނެގަނެ އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ލޮކްޑައުންގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ކޯވިޑަށް ޓެސްޓު ކުރުމުގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ފުލުހުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކޯވިޑް-19 އަށް 23 ފުލުހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

މާލެ ލޮކްޑައުން ކުރި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުން އާއިލާތައް ކައިރިއަށް ދިއުން އޮންނަނީ މަނާކުރެވިފައި އެވެ. އެއީ އާއިލާތަކަށް ބަލި ފޯރައިދާނެތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް