ތ. ގުރައިދޫގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާފައިވާއިރު ޒަހަމްވެފައިވާ ދެވަނަ ބިދޭސީއަކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ.
އަދި މިކަމުގެ މާބޮޑު ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތުދެއްވަމުން ގުރައިދޫ ކައުންސިލްގެ ނައިބުރައީސް ތައުފީގް އަލީ ވިދާޅުވީ އެއީ ތެދު ހަބަރެއް ކަމަށާއި ނައިބުރައީސްގެވެސް މިސްރާބު މިހާރު ހުރީ ސިއްހީ މަރުކަޒާއި ދިމާއަށް ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
އެ ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރ މޫސާ މަނިކު އަލީ ވިދާޅުވީ އެ މަރުކަޒަށް ގެންދެވުނު ދެވަނަ ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތު ހާމަކުރާނީ ފުލުހުން ކަމަށެވެ.
މި މީހާ ޒަހަމްކޮށްލާފައި އޮއްވަ ފެނުނީ މަރާލާފައި އޮއްވަ ފެނުނު ބިދޭސީ މީހާ ފެނުނު ސަރަހައްދުން ކަމަށްވެ އެވެ. އެކަމަކު މި ދެހާދިސާ އާއި ގުޅުން ހުރި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ނޭނގެ އެވެ.
ގުރައިދޫގައި މިރޭ ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން ފުލުހުން ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް