ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފި

ތ. އަތޮޅު ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ. "ދުވަސް" އަށް އެނގިފައިވާގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ބިދޭސީއަކު އެ ރަށު ސިއްހީ މަރުކަޒަށް މިރޭ ގެންދެވުނެވެ. އަދި...

20 May 2020 | 21:35

ތ. އަތޮޅު ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ.

"ދުވަސް" އަށް އެނގިފައިވާގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ބިދޭސީއަކު އެ ރަށު ސިއްހީ މަރުކަޒަށް މިރޭ ގެންދެވުނެވެ. އަދި ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ހާމައެއް އަދި ނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައިވަނީ އެ ރަށު ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީ އެކެވެ.

އެމީހާ މަރުވެފައި އޮއްވަ ފެނިފައިވަނީ އެމީހާ އާއި އިތުރު ބިދޭސީންތަކެއް ނިދާ ލޭބާ ކުއާޓާއެއްގެ ކައިރީގައި އެވެ.

މިއީ މިފަދަގޮތަކަށް ތޫނުއެއްޗަކުން ހަމަލާދީ މިއަހަރު މީހަކު މަރާލި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ށ. ޅައިމަގުގައި އެވެ.

އެ ރަށު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި އެމީހާ މަރާލާފައިވަނީ ބޯޓުގައި މަސައްކަތް ކުރި އެހެން ބިދޭސީންނެވެ. މި މައްސަލައިގަ އެބޯޓުގައި މަސައްކަތް ކުރި ދެ މީހަކު ހައްޔަރުކޮށްފައި ތިބި އިރު އެމީހާގެ މަރާލުމަށް ފަހު ވަނީ ކަނޑު ފައްތާފައި އެވެ.

ފަހުން އެމީހުން ވަނީ މަރާލި މީހާގެ ހަށިގަނޑުއޮތްތައް ފުލުހުންނަށް ބުނެދީފައި އެވެ. އަދި ފުލުހުން ވަނީ އެ ކަށިތައް ކަނޑުއަޑިން ނަގައި ޅައިމަގުގައި ވަޅުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް